މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓް އަންނަ ހޮނިހިރު ދުވަހު ރޭ އިއުލާނު ކުރަން ހަމަޖެހިއްޖެއެވެ.

އެމްއެންޕީއިން ބުނީ ނާޒިމްގެ ރަނިންމޭޓް އިއުލާނު ކުރާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ބިލަބޮން ހައި ސުކޫލުގެ ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ޖަލްސާއެއްގައިކަމަށެވެ.

އެމްއެންޕީން، ގިނަ ވައުދުތަކާއިއެކުގައި، އެ ޕާޓީގެ ރިޔާސީ ކެމްޕެއިން ވަނީ ފަށައިފައެވެ. އަދި ކެމްޕެއިނުގައި، ނާޒިމް ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ އެ ރައްޔިތުންގެ ޙިޔާލުތައް ހޯއްދަވާ ޝަކުވާތައް އަޑުއައްސަވައިފައެވެ

ދިހަހާސް މެންބަރުންގެ ދަފްތަރެއް އޮންނަ އެމްއެންޕީއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި މިހާރުވެސް ކެންޕޭން ކުރަމުން އަންނަ ޒުވާން ޕާޓީއެކެވެ. އެޕާޓީގެ ރިޔާސީ ޓިކެޓު އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ކާމިޔާބު ކުރެއްވީ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން އޭނާ ނޫން މީހަކު އެކަމަށް ކުރިމަތި ލައްވާފައި ނުވާތީ އިންތިޚާބަކާ ނުލައެވެ.

އެމްއެންޕީގެ މެނިފެސްޓޯގައި ވަރަށް ގިނަ ކަންކަން ހިމަނައިފައިވެއެވެ.