ދަ ޑިމޮކްރޭޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބު ގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް ފާތިމަތު ނިއުމާ ހަމަޖައްސައިފިއެވެ. ފާތިމަތު ނިއުމާ އިލްޔާސް ލަބީބުގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް މި ހަމަޖެއްސީ އިއްޔެ ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްްވައި އެޕާޓީއާ ގުޅިވަޑައިގަތުމަށްފަހުގައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ތ. ގުރައިދޫއަށް މިހާރު ކުރައްވާ ދަތުރުގެ ތެރެއިން އިލްޔާސް ވިދާޅުވީ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ނިއުމާ ކަނޑައަޅާފައި ވާކަމަށެވެ. ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ފާތިމަތު ނިއުމާ އިއްޔެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައެެވެ.
ޑިމޮކްރެޓުންގެ ކެންޑިޑޭޓަކަށް އިލްޔާސް އިންތިހާބުވެވަޑައިގަތީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ކަށަވަރުކުރުމަށް މިދިޔަ ހުކުރު ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ.
އިލްޔާސްގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. އަދި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެފަދަ ހާލަތެއް އަތުވެއްޖެނަމަ އިންތިހާބާ ކުރިމަތިލެއްވުމަށް ކެންޑިޑޭޓެއްގެ ގޮތުގައި ޑރ މުހައްމަދު މުއިއްޒު މިއަދު ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުކޮށްފައެވެ.
މަނިކުފާނު ކޯޓް ފައްސަވާ ރައީސް ކަމުގެ ހުވާ ކުރައްވަން