ޕީޕީއެމްގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމުގެ ކެނޑިޑަސީގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ދަނިކޮށް، ސުޕްރީމްކޯޓުގެ ފަނޑިޔާރު ކުޑަޓެކްނިކަލް މައްސަލައަކާ ގުޅިގެން ފަސްމިނެޓަށް ކުޑަމެދުކަނޑާލަން ޖެހޭކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް މިރޭ ލަސްވަންދެން ކުރިއަށްގެންދަން އުއްތަމަ ފަނޑިޔާރު ނިންމަވައިފިއެވެ.

މިވަގުތު ސްޕްރީމް ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ، ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ ޝަރީއަތް މިރޭ ލަސްވަންދެން ކުރިއަށްގެންދަން އުއްތަމަ ފަނޑިޔާރު ނިންމަވާފައި މިވަނީ މިއަދު ހަވިރު 3:00 ގައި ފަށަން އޮތް ޝަރީއަތް ސުޕްރީމްކޯޓް ހުރި ސަރަހައްދުން ކަރަންޓު ދިއުމުގެ ސަބަބުން ޝަރީއަތް މެދުކެނޑިފައި އޮތުމަށްފަހު 3:45 ގައި ޝަރީއަތް ފަށްޓަވަމުންނެވެ.

ޝަރީއަތް ފައްޓަވަމުން އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާން ވިދާޅުވީ، މިއަދުގެ ޝަރީއަތް ކުރިއަށް ގެންދަވަން ގަސްތު ކުރައްވަނީ މިރެއާ ހަމައަށް ކަމަށެވެ. މިރެއާ ހަމައަށް ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަަވެސް 6:00 ޖަހާއިރު ބްރޭކެއް ނެންގެވުމަށްފަހު 6:45 ގައި އަނެއްކާވެސް ޝަރީއަތް ފައްޓަވާނެ ކަމަށާއި އަދި 7:30 ގައި ބްރޭކެއް ނަންގަވާނެ ކަމަށާއި އަދި އެ ބްރޭކަށް ފަހު ޝަރީއަތް ފަށްޓަވާނީ 8:00 ޖަހާއިރު ކަމަށް އުއްތަމަފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންރައީސް ޔާމީން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި ސޮއިކުރެއްވި ފޯމް އީސީ އަށް ހުށަހަޅާފައިވަނީ މި އޮގަސްޓު މަހުގެ އެކެއްގައެވެ.

އެހެންނަމަވެސް، އިލެކްޝަނުން ޕީޕީއެމަށް ފޮނުވި ލިޔުމެއްގައި ބުނީ ޔާމީންގެ ފޯމްގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކް ކުރި އިރު، ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވެން ނެތް ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އޮތީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް (11 އަހަރުގެ ހުކުމް) އައިސްފައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާ ކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އެހެންކަމުން ޕީޕިއެމްއިން އީސީގެ މި ނިންމުން ވަނީ ސުޕްރީމްކޯޓަށް ހުށަހަޅާފައެވެ.