ރާއްޖޭގެ އެންމެ އުމުރުން ދުވަސްވީ މީހާ މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
1913 އަހަރުގެ މެއި 14 ވަނަ ދުވަހު އުފަންވި، އައްޑޫ ސިޓީ، ހިތަދޫ/މަންޒަރުގެ، އަލީ ހުސެއިން ނިޔާވެފައިވަނީ އުމުރުން 110 އަހަރުގައެވެ.
އަލީހުސައިންގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ އަސްރު ނަމާދަށް ފަހު ހިތަދޫފަޒާ މިސްކިތުގައެވެ.
އަލީހުސައިން ނިޔާވިއިރު ދުނިޔޭގައި 59 ކާފަދަރިންނާއި 80 މުނިކާފަ ކުދިން އެބަތިއްބެވެ.
އަލީ ހުސައިން އަކީ ދިވެހިރާއްޖޭގައި މިވަގުތާ ހަމައަށް ހުރި އެންމެ އުމުރުން ދުވަސްވީ ފަރާތެވެ.