ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު އަސްލަމް ކަނޑައަޅުއްވައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސްއަކަށް ހުންނެވި އަސްލަމްއަކީ އެމްޑީޕީ އުފެދިގެން ދިއުމާއެކު އެ ޕާޓީއާ ގުޅުނު ބޭފުޅޭކެވެ. ފަރާތެކެވެ. އަދި ވަރަށް ކުރިން ފެށިގެން ވެސް އަސްލަމްއަކީ ރައީސް ޞާލިޙާއެކު ވަރަށް ގާތުން މަސައްކަތް ކުރާ ބޭފުޅެެކެވެ

މީގެއިތުރުން އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. އުމުރުން 35 އަހަރުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރައްވަން ފެއްޓެވި އަސްލަމް ވަނީ 2005 ގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ތިން އިންތިޚާބު ވެސް ކާމިޔާބު ކުރައްވާފައެވެ. އަދި މަޖިލީހުގައި އަސްލަމް އިންނަވާތާ މިއީ ހަތަރު ވަނަ ދައުރެވެެ.

ރައީސް ޞާލިޙާ ގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖެއްސިއިރު އެމަނިކުފާނުގެ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.

ރައިސް ޞާލިޙްގެ ރަނިންމޭޓްގެ ގޮތުގައި އަސްލަމް ހަމަޖައްސާފައިވާއިރު، އަދި އެމްޑީޕީން އެކަން ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅަންޖެހޭ ސުންގަޑި ހަމަވަނީ އަންނަ ހޯމަ ދުވަހުގެ 2:00 އަށެވެ.