މާލެސިޓީގެ ރާޅުގަނޑުން ފެށިގެން އެއާޕޯޓް ލައިޓާ ހަމައަށް، އަދިވެސް އެތައް ހިސާބު ދުރަކަށް ވަރަށް ބޮޑަށް އުދައަރައިފިއެވެ.
މެންދުރުފަހު އުދަ އަރަން ފެށިގޮތަށް އަދިވެސް ދަނީ ވަރަށް ގިނަ ހިސާބުތަކަށް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. އަދި ހައިވޭ މައްޗަށް ވެސް ވަނީ އުދަ އަރާފައެވެ.
މިއުދައިގެ އަސަރު ވަނީ ހުޅުމާލެއާ ހަމައަށް ފޯރައި އަދި ހުޅުމާލެއިންމާލެ އަންނަ މަގާއި ސިނަމާލެ ބުރިޖުވެސް އިރުކޮޅަކަށް ބަންދުކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.
މާލެއަތޮޅުގެ ބައެއް ރަށްރަށަަށްވެސް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު ބައެއް ރަށްރަށަށް ވަނީ ވަރަށް ބޮޑަށް އުދައަރައިފަައެވެ.
މާލެއަތޮޅު ދިއްފުށްޓަށްވެސް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެެވެ.
އުދަ އެރުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެ ގެއްލުމެއް ވެފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
މާލެސިޓީގެ މަގުތަކާއި ހައިވޭގައި އަދިވެސް އުދައިގެ ސަބަބުން އެރި ލޮނުގެ އަސަރު އަދިވެސް އެބަހުއްޓެވެ.
ހައިވޭމަތިން އަދިވެސް އުދައިގެ އަސަރު ނުފިލައެވެ.
އަދި މިވަގުތު މާލެއަތޮޅުގެ ހިސާބުތަކަށް ވަނީ ހުދުސަމާލުވެސް ނެރެފައެވެ. މިއުދައިގައި ނުރައްކާތެރި އެތައް މަންޒަރުތަކެއް ފެންނަ ތަސްވީރުތަކާއި ވީޑިޔޯތައް ދައުރުވަމުންދިޔަ ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމެއްގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.