އިމާދުއްދީނު ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ރާއްޖެއިން ބޭރުގެ ދަރިވަރަކަށް ސްޓޭޝަނަރީ ވައުޗަރ ދޫކުރުމާ ގުޅޭ ގޮތުން މީޑިޔާގައި ފެތުރެމުންދާ ވާހަކަތައް އެސުކޫލުން ދޮގުކޮށްފިއެވެ.
އެސްކޫލުން މިހެން ބުނެފައިވަނީ އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ.
އިމާދުއްސީނު ސުކޫލުން ނެރުނު އެ ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި އެސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ބޭރުގެ ދަރިވަރަކަށް ސްޓޭޝަނަރީ ވައުޗަރ ދޫކުރެވިފައި ވަނީ ހަމައެކަނި ރެފަރެންސަކަށެވެ.
އަދި އެވައުޗަރ އަށް ތަކެތި ބައްލަވައިގެންފައި ވަނީ ބެލެނިވެރިޔާ އަމިއްލަފުޅަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމަށްވުމުން މިފަދަ ވާހަކަތަކުގެ ހަގީގަތް ބެއްލެވުމަށްފަހު ޒިންމާދާރު ކަމާއެކު ތެދު ހަބަރު ގެނެސްދިނުމަށް އިމާދުއްދީނުގެ އެބަޔާނުގައި ވަނީ އެދިފައެވެ.