ދަ ޑިމޮކްރެސްޓްގެ ރިޔާސީ ކެންޑިޑޭޓު, ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ހަމަޖައްސައިފިއެވެ.

އެމަނިކުފާނު ރަނިން މޭޓަކަށް ހަމަޖެއްސިކަން އިއުލާންކޮށްފައިވަނީ އިލްޔާސްގެ ކެނޑިޑެސީ ފޯމް ހުށަހެޅުމަށް ޑިމޮކްރެޓުން ދައުވަތު ދިން މެސެޖްގައެވެ.

މީގެއިތުރުން އިލްޔާސްގެ ކެންޑިޑެސީ ފޯމު މިއަދު މެންދުރު އެކެއް ޖަހާއިރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެކަމަށް އެ ޕާޓިން ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މެއި 24 ވަނަ ދުވަހުއެވެ.