މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ޕްރޮފެސަރ ޙަސަން އުގެއިލް ނިންމަވައިފިއެވެ.

ޕްރޮފެސަރ އުގެއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް ޞާލިޙާއި އެމަނިކުފާނުގެ ރަނިންމޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމަށް މަރުހަބާ ދަންނަވާ ކަމަށާއި އަދި އ ދެ ބޭފުޅުންނަށް ވެސް ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެއިތުރުން އުގެއިލް ވަނީ މީގެ ކުރިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަން ރައްޔިތުން ބޭނުންވާނަމަ އެކަމަށް މިހާރު ވެސް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން އެކަމާ ވާހަކަ ދައްކަވާފައެއް ނުވެއެވެ.

އިންތިޚާބުގައި ވާދަކުރަން ރައީސް ޞާލިޙުގެ ފޯމް އީސީއަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނުއެވެ. އެމަނިކުފާނުގެ ފޯމު އީސީއާ ހަވާލުކުރެއްވީ އިންތިޚާބީ އޭޖެންޓު އަދި ކެމްޕޭން މެނޭޖަރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒެވެ.

ރިޔާސީ އިންތިހާބަށް ރައީސް ޞާލިޙާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއިންނެވެ