"ޖިސްމް" އަދި "ރާޒް" ފަދަ ފިލްމުތަކުން ގިނަ ޒުވާނުންގެ ހިތްތައް ތަޅުވާލާފައިވާ، އަދި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިބާ ބިޕާޝާ ބާސޫއާއި ފިރިމީހާ ކަރަން ސިންހް ގްރޯވާގެ ދަރިފުޅު ދޭވީ ބާސޫ ސިންހް ގްރޯވާ އުފަންވީއިރު ހިތުގައި ދެލޯވަޅު ހުރި ކަމަށް ބިޕާޝާ ހާމަކޮށްފިއެވެ. ބިޕާޝާ ބުނެފައިވާ ގޮތުގައި ދަރިފުޅުގެ ހާލަތު އެނގުނީ ވިހޭތާ ތިން ދުވަސް ވީ ފަހުންނެވެ. އަދި ވިހޭތާ ތިންވަނައަށް ވީ ދުވަހު އުމުރުން އެންމެ ތިން މަހުގައި ދޭވީގެ އޯޕަން ހާޓް ސާޖަރީކުރެވުނުކަމަށް ބިޕާޝާ ވަނީ ބުނެފައެވެ،

މިވާހަކަތައް ބިޕާޝާ ކިޔައިދީފައިވަނީ ނޭހާ ދުޕިއާއާއެކު އިންސްޓަަގްރާމް އިންޓަނެޓް ލައިވް ސެޝަންއެއްގައި ވާހަކަ ދައްކަމުންނެވެ.

ބިޕާޝާ އިތުރަށް ބުނީ ސާޖަރީއަކަށް ނުގޮސް ދަރިފުޅަށް ފަރުވާ ލިބޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އެންމެ ފަހުން ސާޖަރީއަށް އެއްބަސްވީ އެއީ ދަރިފުޅަށް އެންމެ ރަނގަޅު ގޮތް ކަމަށް ޑޮކްޓަރުން ޔަގީންކަން ދިނުމުން ކަަމަށެވެ.

ބިޕާޝާ ހިއްސާކުރި ގޮތުގައި ކަރަން ސިންގް ގްރޯވަރ އަކީ އާންމުކޮށް ހިތްވަރުގަދަ މީހެއް ނަމަވެސް، ދަރިފުޅުގެ ސަރޖަރީ ކަންތައްކުގެ ތެރޭގައި ކަރަންގެ ހާލު ވަރަށް ދެރަވިކަމަށެވެ.