ހއ. އިހަވަންދޫ ސްކޫލްގެ މަލްޓި-ޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން ހޯލުގެ ވޭރިއޭޝަން މަސައްކަތް ނިމިފައިވާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
މި މަސައްކަތުގެ ދަށުން ވޭރިއޭޝަނެއްގެ ގޮތުގައި އިތުރުކުރެވިފައިވާ އެ ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވާ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކޮށްފައިވެއެވެ.
މި މަޝްރޫއުއަކީ 8.08 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.