ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގައިި ވާދަ ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ފޯމު ހުށަހަޅުއްވައިފިއެވެ.

މިއީ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން 2008، 2013، 2018 ގެ އިންތިޚާބުގައިވެސް ވަނީ ވާދަކުރައްވާފައެވެ. އެއްވެސް ފަހަރެއްގައި ކާމިޔާބު ނުކުރެއްވުނު ކަމުގައި ވިޔަސް ގާސިމް އަދިވެސް އެވަޑައިގަންނަވަނީ ރިޔާސީ ރޭހުގައި ހަމަ ކެރިހުރެގެން ކުރިއަށެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މައި އިދާރާ ދަރުބާރުގެގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފޯމު ހުށަހެޅުއްވީ ގާސިމް އިބްރާހިމްއެވެ. ގާސިމްގެ ފޯމާއި އިލެކްޝަންގެ ފަރާތުން ހަވާލުވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެއެވެ. މިރަސްމިއްޔާތުގައި ގާސިމްގެ ރަނިންމޭޓް އަމީން އިބްރާހިމާއި، ޖުމްހޫރީ ޕާޓީގެ އިސްގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ އަންނަ ބުދަ ދުވަހުއެވެ.