ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއާއި، ޖުމްހޫރީގެ ފަރާތުން ވާދަކުރައްވާ ގާސިމް އިބްރާހިމާއި، ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ފާރިސް މައުމޫނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

މިހަތަރު ކެންޑިޑޭޓުންގެ ތެރެއިން މުއިއްޒުއާއި، ގާސިމް އަދި ފާރިސް ފޯމު ހުށަހެޅުއްވީ މިއަދުއެވެ. އިލްޔާސްގެ ފޯމުގައި ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު ފޯމަށް ހުއްދަ ދީފައެވެ.

އިލްޔާސްގެ ފޯމު އިލެކްޝަނުން ބަލައި ނުގަތީ އޭނާގެ އިންތިހާބީ އެޖެންޓު ކަމުގައިވާ ފާތިމަތު ނިއުމާގެ މައްޗަށް ހުކުމްކޮށްފައި އޮތް ސާބިތު ދަރަންޏެއް ހަލާސް ކުރިކަން އެނގެން ނެތުމުންނެވެ. އެހެންނަމަވެސް، ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް ހަމަކުރުމުން، އިލްޔާސްގެ ފޯމު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ބަލައިގެންފައެވެ. އިލްޔާސްގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރެވެ.

ޕީޕީއެމް / ޕީއެންސީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަން ޔަގީންވުމާއެކުގެން ރައީސް ޔާމީން ވަނީ މެސެޖެއް ފޮނުވައި އެމަނިކުފާނުގެ އަސާސީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ވިދާޅުވެ އިންތިހާބު ބޮއިކޮޓްކުރުމަށެވެ.

އެހެންނަމަވެސް ޕީޕީއެމްގެ ސެނެޓު މަޝްވަރާ ބައްދަލު ކުރެއްވުމަށްފަހު ނިންމާފައި ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށެވެ. އަދި ކުރިންވެސް ހަމަޖެހިފައި އޮތް ގޮތުގެ މަތީން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅާފައެވެ. އަދި މިހާރު އީސީން މިވަނީ އެފޯމު ބަލައިގެންފައެވެ.

ޤާސިމް އިބްރާހީމްގެ ކެންޑިޑަސީ ފޯމު ހުށައެޅުމަށް މިއަދު ވަޑައިގެންނެވިއިރު، ގާސިމްގެ އަރިހުގައި މިހާރު ޓްރާންސްޕޯޓް މިނިސްޓަރ އަދި އަނބިކަނބަލުން އައިޝަތު ނަހުލާއާއި، ރަނިންމޭޓް ޑރ އަމީން އިބްރާހީމްވެސް ވަނީ ބައިވެރިވެޑައިގެންފައެވެ. ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ޑރ އަމީން ހަމަޖައްސަވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށައެޅުއްވީ ގާސިމް އިބާރާހިމްއެވެ. އަދި މިފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް، އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ކެނޑިޑެސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފްއާއި އެމަނިކުފާނުގެ އިންތިހާބީ އޭޖެންޓް އެމްއާރްއެމްގެ އެކްސްކޯ މެމްބަރު، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ އިސްމާއީލް ޒަބީހްގެ އިތުރުން އެމްއާރްއެމްގެ އެކްސްކޯ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފާރިސް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު އެމަނިކުފާނުގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި މަންމާފުޅު ނަސްރީނާ އިބްރާހިމްގެ ތާއީދު އޮތީ އެމަނިކުފާނަށެވެ. ފާރިސްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ

އިލެކްޝަނުން ކަނޑައެޅި މުއްދަތު ހަމަވިއިރު ހުށަހެޅީ 8 ކެނޑިޑޭޓުންނެވެ. ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ ބުދަ ދުވަހުއެވެ.