ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އޭނާގެ ރަނިންގމޭޓު އަމީން އިބްރާހީމްގެ ވެރިކަމުގައި ތަރައްގީއާއި ތަމައްދުންގެ އައު ފަތިހަކަށް އަލިވިލޭނެކަމާއި އަދި ހާސްކަމެއްނެތް ޒަމާނަކަށް ދިވެހިން ގެންގޮސްދޭނެ ކަމުގައި ގާސިމްގެ ތަރުޖަމާނު އިބްރާހިމްގެ ތަރުޖަމާން އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ އަންނަ ސެޕްޓެމްބަރު 9އެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގާސިމްއާއި އެމަނިކުފާނުގެ ރަނިންމޭޓް އަމީން އިބްރާހިމްގެ ފޯމު އިލެކްޝަނަށް ހުށަހެޅުމަށްފަހު އެކްސް.ކޮމްގައި ކުރެއްވި ޓުވީޓުގައެވެ.
މީގެއިތުރުން މި ޓުވީޓުގައި ވަނީ ގާސިމް އަދި އަމީންގެ ވެރިކަމަކީ ދިވެހި ރައްޔިތުންނަށް ތަރައްގީއާއި ތަމައްދުން ގެނުވާނެ އުފާވެރި ވެރިކަމެއް ކަމަށެވެ. އަދި ޒުވާނުންނަށް އުފާވެރި މުސްތަގުބަލެއް ހޯދައި ދެއްވާނެކަން ފާހަގަ ކުރައްްވަމުން އަމީން ރައްޔިތުންނަށް ވިދާޅުވީ ހާސްކަނޑާލާފައި ހަމަޖެހި ތިބުމަށެވެ.
ޤާސިމް އިބްރާހީމްގެ ކެންޑިޑަސީ ފޯމު ހުށައެޅުމަށް ވަޑައިގެންނެވިއިރު ޤާސިމްގެ އަރިހުގައި މިހާރު ޓްރާންސްޕޯޓް މިނިސްޓަރ އަދި އަނބިކަނބަލުން އައިޝަތު ނަހުލާއާއި، ރަނިންމޭޓް ޑރ އަމީން އިބްރާޙީމްވެސް ވަނީ ބައިވެރިވެޑައިގެންފައެވެ. ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ޑރ އަމީން ހަމަޖައްސަވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށައެޅުއްވީ ގާސިމް އިބާރާހިމްއެވެ. އަދި މިފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤެވެ.
ގާސިމަކީ ފުރަތަމަ ވިޔަފާރިވެރިއެކެވެ. ފެނިގެންދާނީ ސްޓެލްކޯ، އެމްޑަބްލިޔޫއެސްސީ، އެމްޓީސީސީ އައިޖީއެމްއެޗް ދިރާގް ފަދަ ތަންތަނުގެ ނަމުގެ ކުރިޔަށް ވިލާ އިތުރުވާތަނެވެ.،