މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަ ކުރަން އެ ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން ނިންމެވުމުން، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ޙުސައިން މަނިކު އެކަމަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ.މުޙައްމަދު މުޢިއްޒުއެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފެވެ.

އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ފޯމު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ހުށަހަޅައިފައެވެ އަދި އެކޮމިޝަނުން ވަނީ އެ ބޭފުޅުންގެ ކެންޑިޑެސީ ފޯމު މިއަދު ބަލަގަންފައެެވެ.

ރައީސް ވަހީދުވަނީ އެެ ދެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، ކާމިޔާބީއަށް ވެސް އެދިވަޑައިގަންނަވައިފައެވެ.

އެމަނިކުފާނު މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމެވިއިރު، ޖޭޕީއާއި ގުޅިވަޑައިގަތުމަށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ޤާސިމް އިބްރާހީމް ވަނީ މިއަދު ރައީސް ވަހީދަށް ދައުވަތު ވެސް އަރުއްވާފައެވެ.