ސައުދީ އަރަބިއްޔާގެ ޖިއްދާގައި 19 ކާރު ވަގަށް ނެގި 15 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން 13 މީހުންނަކީ ޕާކިސްތާނު މީހުން ކަމަށާއި، 2 މީހުންނަކީ ސީރިއާ މީހުން ކަމަށެވެ. އެ މީހުން ވަގަށް ނަގާފައިވާ ކާރުތައް ރޫޅާލައި ބައިތައް ވިއްކާފައިވާ ކަމަށް ވެސް ފުލުހުން އިތުރަށް ބުންޏެވެ.

މީގެ ތެރެއިން ނުވަ ކާރު ފެނިފައިވަނީ އެ ކާރުތަކުގެ ބައިތައް ރޫޅާލުމަށް ތައްޔާރު ކޮށްފައި ވަނިކޮށް ކަމަށް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން އިތުރަށް ބުނީ ހައްޔަރު ކުރެވުނު މީހުންނަކީ ސިޓީ ސަރަައްދުތަކުން ކާރުތައް ވަގަށް ނަގައިގެން އަވަށްތަކަށް ގެންގޮސް ކާރުތައް ރޫޅާލައި އޭގެ ބައިތައް ވިއްކާ ބައެއްތޯ ތަހްގީގު ކުރާނެ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ހައްޔަރު ކޮށްފައިވާ 15 މީހުންގެ މައްސަލަ ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވުމުގެ ކުރިން ސައުދީގެ ގާނޫތަކުގެ ދަށުން ރޫޓިން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.