ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯ މިރޭ ލޯންޗުކުރުމަށް އެޕާޓީން ތައްޔާރުވެއްޖެ އެވެ.

ޤާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯ މިރޭ 9 ޖަހާއިރު ލޯންޗުކުރެވޭނެ ކަމަށް ޤާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އަދި މިރޭ ކުނޫޒްގައި އޮންނަ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އާއްމުންނަށް ދައުވަތުދީފައިވާއިރު، މި ރަސްމިއްޔާތު ލައިވްކުރެވޭނެ ކަމަށްވެސް އަލީވަހީދު ވަނީ ވިދާޅުވެފައެވެ.

ސެޕްޓެމްބަރު 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި 8 ބޭފުޅަކު ވާދަކުރައްވާއިރު، ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުން އިލެކްޝަން ކޮމިޝަނުން މިއަދު ކުރިއަށް ގެންދާނެއެވެ.