ޖުމްހޫރީޕާޓީގެ ރިޔާސީކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ޕާޓީގެ މެނިފެސްޓޯ އިފްތިތާހު ކޮށްދެއްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތާހުކޮށްދެއްވީ އެކަމަށް ހާއްސަކޮށް (ޖޭޕީ)ގެ މައި ޖަގަހަ މ. ކުނޫޒްގައި މިރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޖުމްހޫރީ ޕާޓީގެމެނިފެސްޓޯ އެކުލަވާލައްވާފައިވަނީ ތިން މަސްދުވަހުގެ މަސައްކަތުން ކަމަށާއި މެނިފެސްޓޯ އެކުލަވާލެއްވުމުގައި އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ހިޔާލާއި މައުލޫމާތު ހޯދާފައިވާއިރު މީގެތެރޭގައި 200 އަށްވުގެ ގިނަ މީހުންނަށް އިންޓަވިއު ކުރެވިފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އެޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަބައެއްގެ ހިޔާލު ހޯދާފައިވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ މެނިފެސްޓޯ ޖުމްހޫރީ ޕާޓީގެ ވެބްސައިޓް https://jumhooree.org އިން ހުރިހާ ރައްޔިތުންނަށްވެސް ފެންނަން ހުންނާނެ ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
ސެޕްޓެމްބަރު 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީޕާޓީން އެޕާޓީގެ މެނިފެސްޓޯ އާއްމުކޮށްފައިވާއިރު، ސަރުކާރުގެ މައިޕާޓީ އެމްޑީޕީގެ މެނިފެސްޓޯއާއި އޭގެ ސިޔާސަތުތައްވެސް ވަނީ އިއުލާންކޮށްފައެވެ.