ނ. ވެލިދޫ ޕިކްނިކް އައިލެންޑްގެ މަސައްކަތް ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ.އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަރ ޖެނެރަލ،ް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫގެވެ.

ނ.ވެލިދޫ ޕިކްނިކް އައިލެންޑްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން

މި މަޝްރޫޢުގެ ދަށުނ،ް 61,200 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއ،ި 412 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 19.16 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.