ނ. ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ޖޫނިއާ ކޮލެޖުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ވެލިދޫގައި ޖޫނިއާ ކޮލެޖް ތަރައްގީކުރުމުގެ މަޝްރޫއުއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު ނިންމަން ދީފައިވަނީ ނުވަ މަސް ދުވަހެވެ.

އެ މަޝްރޫއުގެ ދަށުން ދެ ކްލާސްރޫމާއި އައިސީޓީ ލެބޯޓްރީއަކާއި ލައިބްރަރީއެއްވެސް ދެ ވޯކްޝޮޕް ހަދާނެއެވެ.