ހިތްތަކުގައި ވިންދު އަވަސްކުރުވާފަދަ އަސަރުގަދަ އަޑު، ޝަލަބީ އަޑާއި ނުހަނު ދަމާބާރެއް އެކުލެވޭ އަޝްފާގެ އަޑު ގުޅިގެން ވިރުވާ އަޅާލާފައިވާ ލަވަ، އަދި އާމިނަތު ރަޝްފާ (އާޝާ)ގެ ފުރިހަމަ ހަރަކާތްތައް ފެނިގެންދާ ލަވަ "ޝިކާރަކޮށްލީ ހިތްތީރުން ދޫކޮށްލި ތިމަހިނޫރުން" މިލަވަ ހަގީގަތުގައި ވެސް ހިތްތަކެއް ޝިކާރަކޮށްފިއެވެ. އަދި އެވަރަކުން ނުނިމެއެވެ. އާޝާގެ ޝިކާރަ މިވަނީ ޔޫޓިއުބްގެ އެއް މިލިއަން ވިއުސް އަށްވުރެ ގިނަ ވިއުސް ވެސް ޝިކާރަކޮށްފައެވެ.
އަމިއްލަ ރާގަށް ހަދާފައިވާ މި ލަވައިގެ ޅެން ހަދާފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ. ލަވަ ކިޔައިދީފައިވަނީ ޝަލަބީ އިބްރާހިމް އާއި މަރިޔަމް އަޝްފާއެވެ. މި ލަވަ ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު މޭކަޕް އާޓިސްޓް ހުސައިން ޝަދިޔާން (ސޭންޑީ) އެވެ. ލަވައިގެ މިއުޒިކް ކޮމްޕޯޒަރަކީ ހުސައިން ތައުފީގެވެ.
"ޝިކާރަކޮށްލީ" މި ލަވައިން ފެނިގެންދަނީ އީސާ (އާނަންދު) އާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) ވެސް ފެނިގެންދެއެވެ.
މީގެކުރިން އަމިއްލައަށް ޕްރޮޑިއުސްކޮށް އާޝާ ވަނީ "ގުނަމުން މިދާ" ކިޔާ ލަވައެއް ގެނެސްދީފައެވެ. އާޝާ ގެ އެންމެ ފަހުން ފެނިގެންދިޔަ ލަވަ "ތޫފާނީ އިޝްގް" އަކީވެސް ގިނަބައަކަށް ކަމުދާ ތަފާތު އެހެނަސް ފުރިހަމަ ލަވައެކެވެ. މި ލަވައަށް ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔައެވެ. އަދި ހަމައެހެންމެ މިއީ މިފަހަކަށް އައިސް އެންމެ ގިނަ ބަޔަކަށް ނެށުންތަކަށް ބޭނުން ކުރަންވެސް ކަމުދާލަވައެވެ. އޭގެ ހެއްކަކީ އީދުގައި އެންމެ ގިނަ ބަޔަކު ނެށި އެއް ލަވައަކީ މިލަވައަށްވީކަމެވެ. "ތޫފާނީ އިޝްގް" ބޮލީވުޑްގެ އައިޓަމް ލަވައެއްގެ ގޮތުގައި ސިފަކުރާއިރު ބައެއް ފަރާތްތަކުން ބުނީ އެއީ އާޝާ ކަން އެނގުނީވެސް ލަވައިގެމެދާ ހިސާބުންކަމަށެވެ. ފެށޭތަނުން ހަމައެއްވެސް ވަރަކަށް އެއީ އާޝާ ކަމެއް ނޭނގޭކަމަށެވެ.
އާޝާގެ އެކްޓަށް ގިނަ ބަޔަކު ތައުރީފުކުރެއެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި ފަހަކަށް އައިސް ނުހަނު އަވަސް މިނެއްގައި ކުރިއަރައިގެންދާ އާޝާގެ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޑާކްރެއިންގެ "ބަޅިނދު" ންނެވެ.