ރިޔާސީ އިންތިހާބުގައި "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ހުވަދު އަތޮޅަށް ވަޑައިގެންފި އެވެ.

އެމަނިކުފާނު ކެމްޕޭނަށް ހުވަދަުއަތޮޅަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި އެމަނިކުފާނާއިއެކު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުރުން ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނެވިއެވެ.

ހުވަދުއަތޮޅަށް އިލްޔާސް ކުރައްވާ މި ދަތުރުގައި ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުންޏެވެ.

ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބު އޮންނަނީ ސެޕްޓެމްބަރު މަހު 9ވަނަ ދުވަހުގައެވެ.