ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކޮށްލެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ދިޔާނާ ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙުގެ ރަނިންމޭޓް، އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، ރަނިންމޭޓް މުޙައްމަދު އަސްލަމް އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވެފައިވަނީ، އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުރިހަމަ ކުރައްވާފައިވާ، ހުލްގު ހެޔޮ ބޭފުޅެއް ކަމަށެވެ.

މީގެއިތުރުން އަދި އަސްލަމަކީ އައްޑޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ހެޔޮ އެދޭ ބޭފުޅެއް ކަމަށާއި، އެފަދަ ބޭފުޅަކު މުޅި ރާއްޖެއިން ވެސް ނުހޯދޭނެ ކަމަށްވެސް ދިޔާނާ ވަނީ ވިދާޅުވިއެވެ.

ދިޔާނާ ރައީީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމެވިއިރު، ވަރަށް ފަހަކާ ޖެހެންދެން، އޭނާ ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދު ކުރައްވައިފައިވަނީ އެ ޕާޓީގެ ރައީީސް މުޙައްމަދު ނަޝީދަށެވެ.