ރިޔާސީ އިންތިޚާބުގައި ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވައިލި ފުރުސަތު މާދަމާއަށް ހަމަވާނެއެވެ.

މި ފުރުސަތު ހަމަވާނީ މާދަމާވާ އާދިއްތަ ދުވަހުގެ 15:00 އަށެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް މިކަމާގުޅިގެން ވަނީ ރިޔާސީ އިންތިޚާބު މޮނިޓަރ ކުރަން ބޭނުންވާ ނޫސްވެރިންނާއި އިންތިޚާބު އޮބްޒާވް ކުރަން ބޭނުންވާ މަދަނީ ޖަމިއްޔާތަކުގެ ބޭފުޅުންނާއި ޕާޓީތަކުގެ ބޭފުޅުންނާއި އަމިއްލަ ހައިސިއްޔަތުން އިންތިޚާބު އޮބްޒާވް ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އެ މުއްދަތު ހަމަވުމުގެ ކުރިން ފޯމު ހުށަހެޅުއްވުން އެދިވަޑައިގެންފައެވެ.

މޮނިޓަރުންނާއި އޮބްޒާވަރުންގެ ފޯމު އީސީއަށް އީމެއިލް ވެސް ކުރެވޭނެއެވެ. ފޯމު އީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.