މެލޭޝިއާގެ ސަބާ ސްޓޭޓްގައި ވޯޓްލާން ފަށައިފިއެވެ. މި ވީޓްގެ ނަތީޖާ ނިކުންނަ ގޮތަކުން މެލޭޝިއާގައި އައު އާންމު އިންތިޚާބަކަށް ބޮޑު ވަޒީރު މުޙްޔިއްދީން ޔާސީން ގޮވާލެއްވުން ގާތެވެ.
މެލެޝިއާ ޕާލަމެންޓްގައި މުޙްޔިއްދީން ޔާސީނަށް ލިބިވަޑައިގެންފައި ވަނީ ހަނި އަޣްލަބިއްތަކެވެ.
ބުދަ ދުވަހު، އަންވަރު އިބްރާހީމް އިޢްލާން ކުރައްވާފައިވަނީ ޔާސީންގެ ސަރުކާރު ވައްޓާލައި އޭނާއަށް ވެރިކަމަށް ވަޑައިގެންނެވޭ ވަރަށް ޕާލަމެންޓްގެ މެންބބަރުންގެ ތާއީދު އޭނާއަށް އޮތް ކަމުގައެވެ. ކުރީގެ ބޮޑު ވަޒީރު މަހާތީރު މުޙައްމަދު ވަނީ އެއީ ވުމަށް ވުރެން ނުވުން ގާތް ކަމެއްކަމުގައި ވިދާޅުވެފައެވެ. އަދި ކުރިން ހުންނެވި ބޮޑު ވަޒީރު ނަޖީބު ރައްޒާގް ވަނީ އަންވަރަށް އެވަރުގެ ތާއީދެއް އޮތް ކަމާ މެދު ޝައްކު ކުރައްވާފައެވެ.
އަންވަރު އިބްރާހީމް ވަނީ ރަސްގެފާނުގެ ފައިންޕުޅު ދެކުމަށް އެދިވަޑައިގެންފައެވެ. ހަސްފަތާލުގައި ހަފްތާއެއް ވަންދެން އޮންނަވާނެ ކަމަށް ބެލެވޭ ޢަބްދުﷲ ރަސްގެފާނު އެއްވެސް ބޭފުޅުޅަކާ މިމުއްދަތުގައި ބައްދަލު ނުކުރައްވާނެ ކަމަށް ގަނޑުވަރުން ވަނީ ބުނެފައެވެ.
ކިޔާލަން: މެލޭ އިއްތިހާދުން ވަކިވެ ގަތުމުގެ ރޫހެއްގައި
ސަބާ ސްޓޭޓްގެ ވޯޓުލުން ވެގެން ދާނީ ހަސް މަސްވެފައިވާ ޔާސީންގެ ސަރުކާރާ މެދު މީހުންގެ ފެންނަ ނުފެންނަ ބަލާލުމަށް ލިބޭ ފުރުސަތަކަށެވެ.
ސަބާ ގައި ވެރިކަން ކުރަމުން ދިޔައީ ޔާސީންއާ އިދިކޮޅު ފަރާތްތަކުންނެވެ. ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގައި ޔާސީންއަށް ތާއީދު ބޮޑުވާ ގޮތަށް މެންބަރުން ފުޅަށްމަތިން ފުންމަން ފެށުމާއެކު ގަވަރުނަރު ވަނީ ގާނޫނުހަދާ މަޖިލިސް އުވާލައްވައި އައު އިންތިޚާބަކަށް ގޮވާލައްވާފައެވެ.
ސަބާއާއި ސަރަވާކާއި ބޯނިއޯއަކީ މެލޭޝިއާގެ ޕާލަމެންޓްގެ ހަތަރު ބައިކުޅަ އެއްބައެވެ. މިއީ ތެލާއި ގޭހުގެ މުއްސަދި ތަނެކެވެ. ނަމަވެސް މެލޭޝިއާ ފެޑެރޭޝަންގެ އެންމެ ފަގީރު ތަންތަނެވެ.