ތ.ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެެށުމަށްޓަކާ މިއަދު ކަޓަރ ސަކްޝަން ޑްރެޖަރ ”ބޮޑު ޖައްރާފް“ މޮބަލައިޒްކޮށްފައިވާކަމަށް އެމަސައްކަތް ކުރާ އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 1،080 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓްއެއް ޖެހުމާއި އަދި 80 މީޓަރުގެ ޖްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 99.2 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.