ޏ. ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި މަރުވީ ފުވައްމުލަކު، ދޫޑިގަން، އުމުރުން 17 އަހަރުގެ އަހްމަދު ފައުޒަން އެވެ. އެކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިރޭ 18:41 ހާއިރު އެވެ.

މޫދަށް ގޮސް އުޅެނިކޮށް އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ 16:47 ގައި ކަމަށެވެ.

އެކުއްޖާ ފެނުނީ 17:50 ހާއިރު، އެކުއްޖާ މޫދަށް އެރުނު މާނޭރެ އަތިރި ސަރަހައްދުގެ މޫދު އަޑިންނެވެ.