ލ. ގަމާއި އެއަތޮޅު ފޮނަދުއަށް އަރައި ފޭބުން މަނާކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ގއ. ދެއްވަދުއިން ފޮނަދުއަށް ދިޔަ ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ލާފައިވާ ކަމަށެވެ. އެ މީހުން އެރަށަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

ދެއްވަދުއަކީ ކޮވިޑްގެ ކޭސްތަކެއް ފެނި މޮނިޓަރިންއަށް ލާފައިވާ ރަށެކެވެ. އެރަށުން މިހާތަނަށް 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެރަށުން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލްތަކެއް އަންނަނީ ނަގަމުންނެވެ. ދެއްވަދުއަށް ބަލި ދިޔަގޮތެއް އަދި އެނގިފައެއް ނުވެއެވެ.