ހުޅުމާލޭގައި ގާއިމުކޮށްފައިވާ ރަށު މާރުކޭޓުން 25 ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އާބަންކޯ އިން މިއަދު ބުނީ ގޮޅި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައެޅިގެންދާނީ ބީލަމުގެ އުސޫލުން ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.
ބީލަން ހުށަހެޅުން:
- ބީލަން ބަލައިގަތުން - މި މަހުގެ 30 ވަނަ ދުވަހު 09:30 އާއި 11:00 އާ ދެމެދު ރެހެންދި ސްކޫލް ހޯލުގައި
- ބީލަން ހުޅުވުން - މި މަހުގެ 30 ވަނަ ދުވަހު. 11:00 އާއި ހަމައަށް ދޫކުރެވިފައިވާ ނަންބަރުތަކަށް ފޯމު ބަލައިގަތުމަށްފަހު
- ގޮޅި އިޚުތިޔާރު ކުރުން - 05 ސެޕްޓެމްބަރުގެ 10:00 ގައި އެގްޒިބިޝަން ސެންޓަރުގައި, އެޗްޑީސީ ބިލްޑިންގް.
ބީލަން ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު 1516 އަށް ގުޅުމުން ލިބޭނެއެވެ.