މެލެޝިއާގެ ސަބާ ސްޓޭޓްގައި ވޮޓުލަމުން ދާއިރު އެ ސްޓޭޓް މެލޭޝިއާގެ އިއްތިހާދުން ވަކިވުމަށް ގޮވާލާ އަޑުތައްވެސް އިތުރު ވެއްޖެއެވެ.

ސަބާއާއި ސަރަވާކް ސްޓޭޓްގެ މީހުން ދެކޭ ގޮތުގައި 1962ގެ އިއްތިހާދީ އެއްބަސްވުމުގައި ކޮށްފައިވާ ދެ ވައުމެއް އިއްތިޙާދުގެ ސަރުކާރުން ފުރިހަމަ ކޮށެއް ނުދެއެވެ.

އެއީ މަތީ ފެންވަރެއްގެ ޒާތީ މިނިވަންކަމާއި އިގްތިސާދީ ތަރައްގީގެ ވައުދެވެ.

1963 ގައި މެލެޝިއާ ފެޑެރޭޝަން އުފެދުނު އިރު، އިނގިރޭސިންގެ ދެކުނު އިރުމަތީ އޭޝިއާގެ ކޮލޮނީތައް ކަމުގައިވާ ސިންގަޕޯރއާއި އުތުރު ބޮރނިއޯ (މިހާރުގެ ސަބާ) އާއި ސަރަވާކް މަލާޔާއާއެކު އިއްތިހާދުވެ މެލޭޝިއާ އުފަންވިއެވެ.

ބޯރނިއޯ ޖަޒީރާގައި އޮންނަ އިރުމަތީ މެލެޝިއާ ގެ ދެ ސްޓޭޓް ކަމުގައިވާ ސަބާއާއި ސަރަވާކް މީހުންގެ ތެރޭގައި މިފަހަކލަށް އައިސް ވަކިވެ ގަތުމުގެ ރޫހެއް އުޅޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ސްޓޭތްތަކުގެ މީހުންގެ ހިތްހަމަ ނުޖެހުން އުޅެނީ، އެމީހުންނަކީ ގުދުރަތީ ގޮތުން މުއްސަނދި ބަޔަކަށްވާއިރު އެމީހުނަށް އެ މުއްސަނދިކަން ނުލިބި ފަގީރު ކަމުގައި އުޅެން ޖެހޭތީއެވެ.

މިދިޔަ ސަތުވަންނަ އަހަރުގެ ތެރޭގައި މިމީހުންގެ ޒާތީ މިނިވަންކަމުގެ އެތައް ސިފައެއް އިއްތިހާދީ ސަރުކާރުން ވަނީ ނިގުޅައިގެންފައެވެ.

އެހެން ބައިތަކާ ޚިލާފަށް މި ސްޓޭތްތަކަކީ ނަސްލީ ގޮތުންނާއި ދީނީ ގޮތުން މައްސުނި ބަޔަކު އުޅޭ ތަނެކެވެ. އެހެންވެ، މިއިން ތަނެއްގައި އެއްވެސް އެއް ނަސްލެއްގެ ނިސްބަތް، ސާޅީސް އިންސައްތައަށް ވުރެން އިތުރެއް ނުވާނެއެވެ. މީގެ ނަތީޖާއަކީ މެލޭޝިއާގައި ފެންނާން އޮތް ސިޔާސީ އިސްލާމް މިތަންތަނުން ނުފެންނަ ކަމެވެ. މިމީހުންނަކީ އެކި ނަސްލުމުތަކުގެ މެދުގައި ކައިވެނިކޮށް މައްސުނި ވާ ބަޔެއްވެސް މެއެވެ.

މިތާގައި އިންފްރާސްޓްރަކްޗާގެ ބޮޑެތި ޕްރޮޖެކްޓަކެއް ހިންގާފައެއް ނުވެއެވެ.

ސަރަހައްދުގެ ތެލާއި ގޭހުގެ ގުދުރަތީ މުއްސަނދިކަމުން، ޕެޓްރޯނާސް ޓަވަރއާއި ޕިނޭންގ ބްރިޖާއި ކޭއެލް އެއަރޕޯޓް އިމާރާތް ކޮށްފައި ވެއެވެ