ދަ ޑިމޮކްރެޓްސް މެނިފެސްޓޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން އިލްޔާސް ލަބީބް.- ފޮޓޯ މުހައްމަދު ވަހީދު (ޕީއެސްއެމް ނިއުސް)މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދަ ޑިމޮކްރެޓްސް މެނިފެސްޓޯ ލޯންޗުކޮށްފިއެވެ.

ރޭ ސަލްޓަންޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީގެ މެނިފެސްޓޯ ލޯންޗުކޮށްދެއްވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންމޭޓް ޙުސެއިން ޢަމްރުއެވެ.

އެ ޕާޓީގެ މެނިފެސްޓޯ ގެ އަމާޒަކީ ފަރުދީ ތަނަވަސް ކަމައި އަބުރުވެރި ހަޔާތެކެވެ. މި މެނިފެސްޓޯ ބެހިގެން ވަނީ މައިގަނޑު ފަސް ބަޔަކަށެވެ.

މެނިފެސްޓޯ ބެހިގެންވާ 5 ބަޔަކީ

  1. - އާރޯ ވިޔަފާރި، އިގްތިސާދު އަދި މާލީ އިސްލާހު
  2. - ލާމަރުކަޒީ ބަދަލާއި ދައުލަތް ހިންގުން
  3. - ބޯހިޔާވަހިކަމުގެ ކަށަވަރުކަން، މަސްތުވާތަކެތީގެ ފަރުވާ، ތައުލީމާއި ސިއްހަތުގެ ބަދަލު
  4. - މުނިފޫހިފިލުވުނ،ް ފަންނު ވެރި ކަނ،ް ސަގާފަތް އަދި ކުޅިވަރު
  5. - އަދުލުގެ ނިޒާމު އަދި ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތު

މި މެނިފެސްޓޯގައި މޫސުމީ ބަދަލުތަކަށް ހާއްސަ ސިޔާސަތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިމާރާތްކުރުމުގައި ކަރަންޓު ހަރުދުކުޑަ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މިންގަނޑުތައް ހިފެހެއްޓުމަށް ބޭނުންވާ ޤަވައިދުތައް ފަރުމާކުރުމަށް ވަނީ ހިމަނާފައެވެ.

އަދި އެ ފަދަ ފަރާތްތަކަށް ޕެކޭޖްތައް ލިބޭނެ ޕްރޮގްރާމްތައް ތައާރަފުކުރުމަށްވެސް ވަނީ ހިމަނާފައެވެ.