އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ކެމްޕެއިނަށް އއ އާއި އދ އަތޮޅަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލައްވައި މިއަދި މާލެ ވަޑައިގަތުމަށް ނިންމަވައިފިއެވެ،

ރައީސް ސާލިހު އިއްޔެ ވަނީ، އއ. އަތޮޅުގެ ރަށްތަކަށް ކެމްޕެއިން ދަތުރުތަކުގައި ވަޑައިގެންފައެވެ. އަދި މިއަދު އޮތީ އދ އަތޮޅުގެ އަށް ރަށަކަށް ވަޑައިގަތުމަށް ޝެޑިއުލް ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަރިދަފުސް ރޯގާ ޖެހިގެން އުޅުއްވާތީ ރަށްތަކަށް ދަތުރު ކުރައްވަން ރައީސް ބެއްލެވި ޑޮކްޓަރުން ހުއްދަ ނުދެއްވީއެވެ. އިއްޔެގެ ދަތުރު ތެރެއިން ވެސް އެމަނިކުފާނުގެ ހާލުކޮޅު ހުންނެވި ގޮތުން ބައެއް ރަށްރަށަށް ވަޑައިގަތުން ވެސް ލަސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިންތިހާބާއި ދިމާކޮަށް، ރައީސް ސާލިހް ގެންދަވަނީ އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެން، އެމަނިކުފާނުގެ ތަސައްވަރާއި މެނިފެސްޓޯ އާއި ރައްޔިތުން އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ވީ ކީއްވެގެންކަން ކިޔާދެއްވަމުންނެވެ.

މިއަދު އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހިމަންދޫ އާއި ހަންޏާމީދޫ އާއި ދިއްދޫ އާއި ދަނގެއްޗާއި ދިގުރަށާއި ކުނބުރުދޫ އާއި އޮމަދޫ އަދި މަހިބަދޫ އަށެވެ.

އަތޮޅަކަށް ފަހު އަތޮޅަކަށް އެމަނިކުފާނު ދަތުރު ކުރައްވަމުންގެންދަވާއިރު، އިއްޔެ އެމަނިކުފާނު ދަތުރުފުޅު ފެެއްޓެވީ އަރި އަތޮޅަށެވެ. އެ ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނު ހަތް ރަށަކަށް ވަޑައިގެންނެވިއެވެ. އަދި ރޭ އުކުޅަސްގައި ޖަލްސާއެެއް ބޭއްވިއެވެ.

އަދި މިއަދު އެމަނިކުފާނު އަށް ރަށަކަށް ވަޑައިގަންނަވާ ގޮތަށް އޮތެވެ.

އެހެން ނަމަވެސް އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ އެ ދަތުރު މިހާރު ވަނީ ކެންސަލް ކުރައްވާފައެވެ. އަދި މިހާރު އެނބުުރި މާލެ ވަޑައިގަންނަން ނިންމަވާފައިވާކަން ވާކަން މީޑިއާއަށް ވެސް އަންގާފައެވެ.