މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮންޕެނީި (އެމްޓީސީސީ) އިން ކުރިއަށް ގެންދާ ބަހުގެ ހިދުމަތުގެ ތެރެއިން ހުޅުމާލޭގެ ފޭސް އެކެއްގައި އިތުރު ދެ ބަސް ސްޓޮޕް ގާއިމުކޮށްފިއެވެ.
އެމްޓީސީސީން އިއްޔެގައި ބުނީ ހުޅުމާލެ ފޭސް އެކެއްގައި އިތުރު ދެ ބަސް ސްޓޮޕް ގާއިމު ކުރީ ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕިޓަލް އަދި އޮރެންޖް ފްލެޓްތައް ކައިރީ ކަމަށެވެ. މިއީ އާރު 5 ގެ ރޫޓުގެ ސެޑިއުލުގައި ބަހުގެ ހިދުމަތް ހޯދާ ގިނަ ބަޔެއްގެ އެދުމުގެ މަތިން ގެނައި ބަދަލެއް ކަމަށްވެސް އެކުންފުނިން ބުނިއެވެ.
އެގޮތުން މި ރޫޓްގެ ސެޑިއުލް ދަތުރުތައް ކުރާނީ ހެނދުނު 6:00 އިން ރޭގަނޑު 22:300 އަށެވެ.
މި ގެނައި ބަދަލާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެތަނުގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެކުންފުނިން ވަނީ އެދިފައެވެ.
މިދިޔަ ހަފްތާގައި ވަނީ ހިޔާ ފްލެޓު ކައިރީވެސް އިތުރު ބަސް ސްޓޮޕެއް ގާއިމުކޮށްފައެވެ.