ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ބަންދުކުރާ ސަރަހައްދު އަންގައިދޭ ޗާޓެއްހުޅުމާލެ ލިންކް ރޯޑް އަދި ބޯށިމާ ހިނގުމުގައި ގާއިމުކުރަމުންދާ ސޯލާ ޕީވީގެ މަސައްކަތް ކުރުމަށްޓަކައި ލިންކް ރޯޑް ބައެއް ގަޑިތަކަށް ބަންދު ކުރަން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ލިންކް ރޯޑް ބަންދު ކުރަނީ ސޯލާ ޕީވީގެ މަސައްކަތުގެ ތެރެއިން ސަބްސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

އެ މަސައްކަތަށް ލިންކް ރޯޑް ވަގުތީ ގޮތުން ބަންދުކުރަނީ އަންނަ އާދިއްތަ ދުވަހުގެ އިތުރުން 24 އޮގަސްޓް ވާ ބުރާސްފަތި ދުވަހުއެވެ. އެގޮތުން އެ ދުވަސްތަކުގައި ލިންކް ރޯޑުގެ 4 ސަރަހައްދެއްގެ އިތުރުން ހުޅުމާލޭ ބޯޝިމާ ހިނގުމުގެ ބައެއް ބަންދުކޮށްގެން މަސައްކަތްކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިގޮތުން މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އެ ދެދުވަހުގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މިދެދުވަހު މަސައްކަތް ކުރަމުންދާ ގަޑީގައި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އެއްގަމުގެ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އެސްޕަޔަރ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.