ގއ. ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން މިއަދު މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮންޕެނީި (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މިއީ ޖުމުލަ 44.3 މިލިއަން ރުފިޔާއަށް 270 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުނ،ް 9.16 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 823 މީޓަރުގެ ޑްރެއިނޭޖް ބަޔޮސްވޭލެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއަދު ސޮއެކުރެވޭ ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކ،ު ކޮލަމާފުށީގެ ރައްޔިތުންނަށް ބިން ނެތުމުގެ ސަބަބަބުން ރަށުގައި ދިރިއުޅުމަށާއ،ި ވިޔަފާރިކުރުމަށް އޮތް ދަތިތަކަށް ބޮޑުތަނުން ހައްލު ލިބިގެންދާނެކަމަށް އެމްޓީސީސީއިން ބުނިއެވެ،

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވ.ެ 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާޏީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.