ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް ހޫދު މަޤާމުން ވަކިކޮށް، ތަރުޖަމާނުގެ މަޤާމަށް މަބްރޫކް ޢަބްދުލްޢަޒީޒު ޢައްޔަންކުރައްވައިފިއެވެ.

އެމަގާމުގައި ކުރިން ހުރި އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލުހް ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމަށް މަބްރޫކް ހަމަޖައްސަވާފައިވާ ކަމަށެވެ.

އަދި ހޫދު ރައީސް އޮފީހުގެ ޗީފް ކޮމްސް ސްޓްރެޓެޖިސްޓްގެ މަގާމަށް ހަމަޖައްސާފައިވާ ކަމަސްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވި އިބްރާހީމް ހޫދުގެ ބަދަލުގައި މުޙައްމަދު މަބްރޫކް ޢަޒީޒް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މަބްރޫކް ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުގައެވެ.