ސޫރިޔާގެ އިރުމަތީގައި ދައިރުއްޒޫރުގައި އެމެރިކާއިން ހިފާފައިވާ ބިންތަކުގައި ހަދާފައިވާ މިލިޓަރީ ބޭސްއަށް ކާމިޔާބު ރޮކެޓް ހަމަލަތަކެއް ދީފައިވާ ކަމަށް އަންޞާރުﷲ ޖަމާޢަތުން ބުނެފިއެވެ. އިރުމަތީ ސޫރިޔާގެ މި މިލިޓަރީ ބޭސްއަކީ އެމެރިކާގެ ކުނިކޫ މލިޓަރީ ބޭސްއެވެ.

ޔަމަނުގެ ހަނގުރާމަވެރިން މިދިޔަ މަހުގެ 29 ގައިވެސް އެ މަރުކަޒަށް ރޮކެޓް ހަމަލަތައް ދިނެވެ.