ކުޅިވަރާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އީގަލްސްގެ ކެޕްޓަން އަހްމަދު ރިޒްވާން (ރިޒޭ) ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި މި ހަފްލާގައި ރިޒޭއަށް އެވޯޑް ހަވާލު ކޮށްދެއްވީ ރާއްޖޭގެ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދީ ކުޅިވަރު އާއިލާގެ އިތުބާރު ހޯދާފައިވާ އަހްމަދު މަރުޒޫޤް (މަރޭ) އެވެ.

މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ރިޒޭއާ ވާދަކުރީ މިދިޔަ ދެ އަހަރުވެސް މި އެވޯޑް ހާސިލް ކުރި މާޒިޔާގެ ހަމްޒާ މުހައްމަޕު (ހަމްޕު) އާއި މާޒިޔާގެ އައިސަމް އިބްރާހިމް (ޓޯނީ)އެވެ.

މާލެ އަތޮޅު ދިއްފުއްޓަށް އުފަން ރިޒޭ، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދުމުން، ރާއްޖޭގެ ފުޓްބޯޅަ ޝަހްސިއްތު އަލީ އަޝްފާޤް (ދަގަނޑޭ) އަދި ދިއްފުށީ ކައުންސިލް އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެންމެފަހުގެ ފުޓްބޯޅަ ސީޒަނުގައި އީގަލްސްއަށް ކުޅެދިން 18 މެޗުގައި 27 ލަނޑު ކާމިޔާބު ކޮށްފައެވެ.