ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް (އިއްލި) ގެ ރަނިންމޭޓް ޙުސައިން އަމްރު މުޙައްމަދު ރަޝާދު މިއަދު ބ.އަތޮޅަށް ވަޑައިގެންފިއެވެ.

އިލްޔާސަށް ތާއީދު ހޯއްދެވުމަށް ކުރައްވާ މި ދަތުރުފުޅުގައި އަމްރުއާއެކު މަޖިލީހުގެ ނައިބު ރައީސް އީވާއާއި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުވެސް ވަޑައިގެންނެވިއެވެ.

މީގެއިތުރުން އެމަނިކުފާނު މިހާރު ވަނީ އެ އަތޮޅު ކިހާދުއަށް ވަޑައިގެންފައެވެ. އެ ރަށުން އަމްރަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

އަދި އެ ޕާޓީގެ ކެންޑިޑޭޓް އިލްޔާސާއި ރައީސް މުޙައްމަދު ނަޝީދު މިހާރު ތިއްބެވީ ބޮޑުތިލަދުންމަތީގައެވެ.

މި ދަތުރުފުޅު ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު އާދިއްތަ ދުވަހު ނ.އަތޮޅަށް ފުރާވަޑައިގަންނަވާނެއެވެ.