ލަންކާގައި ކުއްޔަށް ދޫކޮށްފައިވާ އުޅަންދުތަކެއް ވިއްކާ ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުންނާއި އަންހެނެކެވެ. އެއީ އުމުރުން 36 އަހަރާއި 46 އަހަރުގެ ދެ ފިރިހެނުންނާއި 36 އަހަރުގެ އަންހެނެކެވެ.

މިކަމާ ގުޅިގެން މި ތިން މީހުން ހައްޔަރުކުރުމަށް ލަންކާ ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ އެގޮތައް ދުއްވަން އުޅުނު ދެ ކާރަކާއި، ވަގު ދެ ޑްރައިވިން ލައިސަންސާއި ވަގު ޕޯޓް ވޯކަރު އައިޑެންޓިޓީ ކާޑެއް ހިމެނޭ ގޮތަށް ވަގު ލިޔުންތަކެއްވެސް ހޯދާފައިވެއެވެ.

ލަންކާ ފުލުހުން ބުނީ މި ގްރޫޕުން މަސައްކަތް ކޮށްފައިވަނީ އެމީހުން ގެންގުޅުނު ވަގު ލިޔުންތައް ބޭނުންކޮށްގެން އުޅަނދު ގަނުމަށްފަހު އެ ވިއްކުމަށް ކަމަށެވެ.އަދި މި މީހުންނާއި ދެކޮޅަށް ގިނަ އަދަދެއްގެ ހެކި ތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޕަނަދުރާ ޑިވިޜަން ކްރައިމްސް އިންވެސްޓިގޭޝަން ޔުނިޓުން އިތުރު ތަހުގީގެއް ހިންގަމުން ދާއިރު،މި މީހުންގެވެސް ތަހުގީގު ހިންގުމަށް (19) ޕަނަދޫރާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވެއެވެ.