ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް (އިއްލި) ނ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މުއައްސިސް ހެންވޭރު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

އިލްޔާސާއި ރައީސް ނަޝީދު އެންމެ ފަހުން ވަޑައިގެންނެވީ ހއ.އަތޮޅާއި ހދ.އަތޮޅަށް ރަށްތަކަށެވެ.