މާލޭގެ ހާލަތު މިއަދު އޮތް ގޮތުން އަލިފާން ފަރުބަދައެކޭ މާލެއެކޭ އެއްވެސް ތަފާތެއް ނެތްކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެބޭފުޅާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ މާލެއަކީ ގިނަ މައްސަލަތަކެއް ހުރި ތަނެއް ކަމަށާއި، މާލެ ސިފަ ކުރާ ނަމަ ސިފަ ކުރެވޭނީ އަލިފާން ބޯޅައެއްގެ ސިފައިގައި ކަމަށެވެ.

"އަލިފާން ފަރުބަދައެކޭ މާލެއެކޭ އެއްވެސް ތަފާތެއް ނެތް. މައްސަލަތައް ފުނިޖެހި ރޯވަމުންރޯވަމުން މިދަނީ."
ނާޒިމް

އެ އަލިފާން ބޯޅަ ކަނިޖަހަޖަހާއި އޮތް އިރުވެސް މިތީބީ ބަލަން ކަމަށާއި، އެރޯވާނެ ވަގުތަކަށް ކަމަށެވެ. ނަމަވެސް މިހުރިހާ ކަމެއް އެނގިވަޑައިގެން ހުންނަވައި، ވެރިކަމަށް ކުރިމަތިލެއްވީ އެ މައްސަލަތައް ހައްލުކުރެއްވުމުގެ މަގުސަދުގައި ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މެނިފެސްޓޯ ތައްޔާރު ކުރައްވާފައިވަނީ އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތަށް ބަލާ ދިރާސާ ކުރުމަށްފަހު ކަމަށްވެސް ނާޒިމް ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި ހުރި ބޮޑެތި އިޖުތުމާއީ މައްސަލަތައް ފެށިފައި އޮތް ނަމަވެސް އެއްވެސް ސަރުކާރަކަށް އެކަމެއް ނުކުރެވުނު ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.