ނ. ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބުރާސްފަތި ދުވަަހުގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަސައްކަތަކީ ހަޔާ އެޑިއެކޭޝަން މިނިސްޓްރީގެ ފަރާތުން މި މަހު ދިހަ ވަނަ ދުވަހުގައި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

ސައިޓު މޮބަލައިޒް ކުރުމަށް އެއްޗެހި ރަށަށް ގެންދިޔުމުގެ ތެރެއިން

މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަޙައްދެއްގައި ދެ ކްލާސް ރޫމާއި، ދެ ވޯރކްޝޮޕާއި، އެއް އައިސީޓީ ލެބާއި، އެއް ލައިބްރަރީ ހިމެނޭ އިމާރާތެއް ބިނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 11.9 މިލިއަން ރުފިޔާއަށް ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.