ދިޔަވަރު ބޮޑުވާ ވަގުތުގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ސަމާލުވާން އަންގައިފިއެވެ.

މެޓް އޮފީހުން ބުނީ އުދަ އަރާނެކަމަށް ލަފާކުރެވެނީ ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ކަމަށެވެ. އަދި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން ވެސް އެކަށީގެންވާކަމަށެވެ.

ހިންނަވަރަށް އުދަ އަރާފައި— ފޮޓޯ: އެމްއެންޑީއެފް

މީގެއިތުރުން ބުނީ މި ހިސާބުތަކަށް ކަނޑުތައް އާންމުގޮތެއްގައި މަޑުވާނެކަމަށެވެ.

އެހެން ހިސާބުތަކަށް މޫސުން ރަނގަޅުވި ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓްއިން ބުނިއެވެ.