ރަނގަޅު ސިޔާސަތުތައް އެކުލަވާލުމުގައި ދިރާސާކުރުން މުހިންމުކަމަށް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

މެޑަމްފަޒްނާ މިހެން ވިދާޅުވީ ގައުމީ ޔުނިވަރސިޓީގެ ރިސާޗް ޑިވެލޮޕްމަންޓް އޮފީހުން އިންތިޒާމުކޮށްގެން މިއަދު ހެނދުނު ގައުމީ ޔުނިވަރސިޓީގައި ފެށި އެޔުނިވަރސިޓީގެ "ތެވެލި ބައިނަލްއަގުވާމީ މަހާސިންތާ 2023" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

2023 އޮގަސްޓު މަހުގެ 21 އިން 22 އަށް ބާއްވާ ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރަނގަޅު ސިޔާސަތުތައް އެކުލަވާލުމުގައި ދިރާސާ ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އެކަމަނާ ވަނީ ދިރާސާކުރުމަކީ ނިންމުންތައް ނިންމުމުގެ މަރުހަލާގެ އެންމެ މުހިންމު އަސާސްކަން ފާހަގަކުރައްވައި ދިރާސާއާއެކު އެކަމެއްގައި ހިމެނޭ އެންމެ އެކަށޭނަ މަޢުލޫމާތު ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ މިކަންކުރުމުގައި ދިރާސާގެ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމަނާ ވަނީ އޮޅުންބޮޅުން ބޮޑު މައްސަލަތައް ދެނެގަތުމާއި އަދި އެ މައްސަލަތަކަށް ރޭވުންތެރިކަމާއެކު ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތަކެއް ހޯދުމަށް ދިރާސާ ކުރުމުން މަގުފަހިވެގެންދާކަން މެޑަމް ވަނީ ފާހަގަކުރައްވާފައެވެ. އަދި ވަކިވަކި ފަރުދުންނަށްވެސް ދިރާސާގެ ބޭނުން ހިފައިގެން އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ބޭނުންވާ އެކަށޭނަ ސިޔާސަތުތަކާއި ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި މިސާލެއްގެ ގޮތުގައި ރާއްޖެ ނެގުމަށް ފަހު، ފަޒްނާ ވަނީ އެންމެ އެކަށޭނަ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސާގެ ދައުރު ފާހަގަކުރައްވައި، އެންމެ ދަތިމައްސަލަތައް ހޯދައި އެކަންކަން ހައްލުކުރުމަށް ތަރައްގީގެ ސިޔާސަތުތައް އެކަށައެޅުމުގައި ދިރާސާއިން އެހީތެރިވެދޭނެ ގޮތްތައްވެސް ފާހަގަކުރައްވާފައެވެ.

ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ދިރާސާ ކުރުމާއި ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބޭނުން ކުރުމަށް ވޯޓުލާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ ކެންޑިޑޭޓުންނާއި އެމީހުންގެ ސިޔާސަތުތަކާ ބެހޭ މައުލޫމާތު ހޯދައި، އެކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާނެ އަސަރުތައް ރަނގަޅަށް ވިސްނުމަށް ވަކިވަކި ފަރުދުންނަށް ހިތްވަރު ދެއްވާފައެވެ. އަދި އެކަމަނާ ވަނީ ދިރާސާކޮށް ސިޔާސަތުތައް އަޅާކިޔުމަށްފަހު އެމީހަކަށް މުހިންމު އަދި އިސްކަންދޭ ކަންކަމަށް މަސައްކަތްކޮށްދެވޭ ވަރުގެ ކެންޑިޑޭޓަކު އިހުތިޔާރު ކުރުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

ހަމަ އެހެންމެ މިކަންކުރުމުގައި ދިރާސާގެ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމަނާ ވަނީ އޮޅުންބޮޅުން ބޮޑު މައްސަލަތައް ދެނެގަތުމާއި އަދި އެ މައްސަލަތަކަށް ރޭވުންތެރިކަމާއެކު ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތަކެއް ހޯދުމަށް ދިރާސާ ކުރުމުން މަގުފަހިވެގެންދާކަން ފާހަގަކުރައްވާފައެވެ. އަދި ވަކިވަކި ފަރުދުންނަށްވެސް ދިރާސާގެ ބޭނުން ހިފައިގެން އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ބޭނުންވާ އެކަށޭނަ ސިޔާސަތުތަކާއި ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ތެވެލި 2023ގެ "އާރލީ ކެރިއަރ ރިސާރޗަރސް އެވޯޑްސް އަދި އައުޓްސްޓޭންޑިންގް ޕޭޕަރސް އޮފް ދަ ކޮންފަރެންސް" އެވޯޑް ހަވާލުކޮށްދެއްވާފައެވެ. މި އެވޯޑްތައް ދެވެނީ އެ ދިރާސާތައް ކުރި ފަރާތްތަކާއި އަދި އެދިރާސާއެއް ނިސްބަތްވާ ދާއިރާއަށް ލިބިގެންދާ ކުރިއެރުމާއި އެހީތެރިކަމުގެ އަގުވަޒަންކުރުމާއި އަދި ރަނގަޅު ސިޔާސަތުތައް ކަނޑައެޅުމަށް އެކަށޭނެ މައުލޫމާތު ހޯދުމަށް ދިރާސާގެ މުހިންމުކަން ފާހަގަކުރުމުގެ ގޮތުންނެވެ.

ތެވެލި ބައިނަލްއަޤްވާމީ ކޮންފަރެންސަކީ މިފަދަ 6 ވަނަ ކޮންފަރެންސެވެ. އަދި މި ކޮންފަރެންސްގެ ތީމަކީ "ރިސާޗް ފޮރ އިންފޯމްޑް ޕޮލިސީ ޑިޒިސަން" އެވެ.