ތ.ކިނބިދޫ އަަދި ށ.ފުނަދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ޕްލޭނިންގ މިނިސްޓްރީގައި ވަކިވަކިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލު ކުރީ 148،207،546.80 340 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

‏އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޝިޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފުނަދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރީ 139،722،300 ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި ‏މި ރަސްމިއްޔާތުގައި އެ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދުވެސް ވަނީ ބައިވެރިވެވަޑައިގެންނަވާފައެވެ.