މުސްތަގުބަލުގައި ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި ވަޒީފާ އަދާކުރާނެ ދިވެހިން މަދުވާނެތީ ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސެޕްޓެމްބަރމަހުގެ 9ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ގުޅިފައިވާ ޕާޓީތަކުން ކުރާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން މިރޭ ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖޭގައި ވިހާ ރޭޓު ދަށްވެ، މުސްތަގުބަލަށް އޭގެ އަސަރު ކުރާތަން ފެންނަން ފަށައިފި ކަމަށެވެ.
ފްރާންސް މިސާލަކަށް ނަންގަވާ ސިޔާމް ވިދާޅުވީ އެ ގައުމުގައި މަސައްކަތް ކުރާނެ އާބާދީ ނެތުމުން ގައުމު ހިންގަން ގައުމުން ބޭރުން މީހުން ގެންނަން ޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިންވެސްޓަރު ސިޔާމް ވިދާޅުވީ ގިނަ ދަރިން ލިބުމަކީ އުފާވާނެ ކަމެއް ކަމަށާއި އާއިލާ ބޮޑުވުމުން ލިބެނެ ފައިދާތައް ހުންނާނެ ކަން ވެސް ގަބޫލުކުރައްވާ ކަމަށެވެ.އިގްތިސޯދީ މަސައްކަތް ކުރަން އެކަށީގެންވާ އާބާދީއެއް ވެސް ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ތިއީ މައުމޫނިޒަމް ޕްލޭނުގެ ނަތީޖާ އަދި ކިރިޔާ ފެންނަނީ. ޝިޔާމޫ ހާދަ މަކަރުވެރިއޭ އިންސާނެއް ވެއްޖެ ނަމަ ކޮންމެވެސް ކަހަލަ ގޮތެއް ހުންނަންވާނެއެވެ.