ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޓް (ސްޓެލްކޯއިން) ދޭ ހިދުމަތުގެ ދަށުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ގަލޮޅުގެ ބައެއް މަގުތަކުން ކަރަންޓު ކެނޑޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނެ މަގުތަކަކީ ބަނަފްސާ މަގާއި، ބޮޑުރަސްގެފާނު މަގު، ސަހަރާ މަގު އަދި ނިޔަދުރު ގޯޅިއާއި އަލިކިލޭގެފާނު މަގު ކަމަށެވެ.އަދި ކަރަންޓު ދާނެކަމަށް އެކުންފުނިން ލަފާކޮށްފައިވަނީ މިއަދު 14:00 އިން 16:00 އަށެވެ.

ކަރަންޓު މެދުކެނޑިގެން ދިޔުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.