ފަތުރުވެރިކަން ތަރައްގީކުރުމުގެ ދަށުން ހއ. މެދަފުއްޓާއި ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެގައި ކުރި އިއުލާނެއްގައި ވަނީ ރިސޯޓު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ބައްދަލުވުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ 11:00 ގައި އޮންލައިންކޮށް ކަމަށެވެ.އަދި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސެޝަންގައި ބައިވެރިވުމަށް އެދި 29 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 1200 ގެ ކުރިން [email protected] އަށް ނަމާއި އީމެއިލް އެޑްރެސް އަދި ފޯނު ނަމްބަރާއެކު އީމެއިލް ފޮނުވުމަށް އެކުންފުނިން އެދިފައިވެއެވެ.
މީގެއިތުރުން ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބޭނެކަމަށްވެސް އިއުލާންގައިވެއެވެ. ހަމައެއާއެކު ފޯމު ލިބެން ހުންނާނީ މިއަދުން ފެށިގެން 20 ސެޕްޓެންބަރާ ހަމައަށް ވެލާނާގެ ފަސް ވަނަ ފަންގިފިލާއިންކަމަށްވެސް ބުންޏެވެ.
ބީލަމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މިއަންނަ މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ކުރިންނެވެ.
ހަބޭސް. ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ބާރަށް ގެންދަންޖެހޭނެ. ދެމެހެއްޓެނިވި ގޮތަކަށް، ކޮންމެ ސަރުކާރެއް އޮތަސް