މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވުމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ގ.ސައުތުބްރީޒް, މަރްޔަމް ރިޔާސާ (40އ) ހާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ވަނީ އިއުލާނުކޮށްފައެވެ.

ފުލުހުން ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ 11:30 އަށް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އެނާ އަށް އަންގާފައެވެ.